ޚަބަރު
 ބުރިޖުގައި ދުއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި!

ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި އެދިފައިވަނީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށެވެ.

މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވަނީ މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުވުމަށް އަންގާ ހުދު ސަމާލުގެ އިތުރުން ރީނދޫ ސަމާލުވެސް ނެރެފައެވެ.

އެގޮތުން އެންމެ ފަހުން އެ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

ފޮޓޯ: މެޓް އޮފީސް

މި ސަމާލުގައި މެޓުން ބުނީ ބޯކޮށްވާރޭ ވެހި ގުގުރާނެ ކަމަށާއި  ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭ ކަމަށެވެ.

މި ރީނދޫ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:30 އަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!