ޚަބަރު
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިއެވެ. ބެންޖަމިން ޑުންކަން މޫރެ ނަމަކިޔާ މި ފަތުރުވެރިޔާ ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލްއެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއޔާތެއްވެސް ބާއްވާފައި ވެއެވެ.

ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކުރުމަށާއި އިތުރު މާކެޓުތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އަދި އަންނަ އަހަރަށް ކަނޑައަޅާފައިވަނީ ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުން ކަމުގަވެ.

ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިސްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށެވެ.

ފައިސަލް ވިދާޅުވީ، ޔޫކްރޭންއާއި ރަޝިއާގެ ހަނގުރާމައާއި އިޒްރޭލުން ގާޒާއާ ދެމުންދާ ހަމަލާތަކާ ގުޅިގެން ފަތުރުވެރިން އިތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން އެ ހަނގުރާމަތަކާ ގުޅިގެން ގިނަ ބަޔަކު ދަތުރު ކުރުމާމެދު ދެ ފިކުރެއްގައި ތިބި ކަމަށާއި އޭގެ ސަބަބުންވެސް މާކެޓިން ވަރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުގައި ދެ މިލިއަނަށްވުރެ އިތުރުވުމަކީވެސް ވަރަށް ގާތްކަމެއް. އެއީ ޓްރެވެލް ކުރުން މި ދަނީ ހަމަ އިތުރުވަމުން.” ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށާއި ކޮވިޑުގެ ފަހުން އެ ގައުމުގެ ފިވަޔަޅުތަކާއެކު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަ މިންވަރު ދަށްވި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި އޭގެ ސަބަބުން ޗައިނާގެ ފަތުރުވެރިން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!