ޚަބަރު
ރައީސް މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ގޯއްޗާއި ފްލެޓްތައް ހަވާލުކުރުން އަންނަ ހަފްތާގައި

ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަޙައްދުން ލިބިފައިވާ ގޯއްޗާއި، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯތި އަދި ފްލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި، ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި، ފްލެޓް ހަވާލުކުރުމަކީ އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ކުރިއަށްދާނެ ކަމެއްކަމަށެވެ. މިއާއިއެކު ރައީސް ވިދާޅުވީ މި ހަފްތާ އާއި އަންނަ ހަފްތާގެ ތެރޭގައި ރެޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއިން ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ގޯތިދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ނުހިއްކާހުރި ތަންތަންވެސް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ގުޅީފަޅާއި، ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރު ވަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރުވެސް އިދިކޮޅު ފަރާތްތަކުން ދަނީ ގޯތިތައް ދިންތަން ނޫން ތަންތަނަށް ބަދަލު ކުރަން އުޅޭކަމަށްބުނެ އާދުތައް ފަތުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!