ޚަބަރު
ޒަކާތު ހައުސް އިފްތިތާޙު ކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފިއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ ދަށުން އުފެއްދި ތަނެކެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާއިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއް ވެސް ވަނީ ގެނެސްދީފައެވެ.

މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީް ޑރ. މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަކާތު ހައުސްއެއް ރާއްޖޭގައި ޤގާއިމްކުރައްވަން ރައީސް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އަގު ވަޒަންކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!