ޚަބަރު
މަޑަވެލި ހޯނޑެއްދޫ ކާމިޔާބު ދަތުރަށްފަހު ގިރިންދާ ތިނަދޫ ސިޓީ އައުޓްރީޗް ފަށައިފި

ގިރިންދާއާއި، ގދ ތިނަދޫ ޑިޓޮކްސް ސެންޓަރު އަދި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހުވަދު އަތޮޅަށް އަމާޒު ކޮށްގެން ، މަސްތުން ސާފު މުޖުތަމަޢުއެއް އުފެއްދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ގެ ދަށުން ގދ މަޑަވެލީ ހޯނޑެއްދޫ އަށް 3 ދުވަހަށް ކުރި ކާމިޔާބު ދަތުރަކަށް ފަހު ތިނަދޫ ސިޓީގައި އައުޓްރީޗް ހަރަކާތްތައް ފަށައިފި އެވެ.

1 ޖެނުއަރީ 2024 އިން 14 ޖެނުއަރީ އަށް ތިނަދޫ ސިޓިގައި ކުރިޔަށް ގެންދާ އައުޓްރީޗް ޕްރޮގްރާމުގެ ތެރޭގައި ތިނަދޫ ޑިޓޮކްސް ސެންޓަރުންނާއި ޑްރަގްސް ރިހެބިލިޓޭޝަން ސެންޓަރު (ޑީއާރުސީ) އިން ފަރުވާގެ ފުރުސަތަށް ބޭނުންވާ ފަރާތްތައް ހޯދައި އެފަރާތްތަކާ އަދި އެމީހުންގެ އާއިލާތަކާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ރިކަވަރީ އަށް ބޭނުންވާ ފަރާތްތަކަށް އިދާރީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމާއި އާންމު ރައްޔިތުންނަށް މަސްތުވާތަކެތި ސާފު މުޖުތަމަޢުއެއް އުފެއްދުމާއި އަމިއްލަ އާއިލާ މަސްތުވާތަކެތިން ދުރުހެލި ވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ވަރކްޝޮޕެއް ކުރިޔަށް ގެންދިއުން ފަދަ ހަރަކާތްތައް ހިމެނޭ ކަމުގައި ގިރިންދާ ޖަމިއްޔާ އިން މަޢުލޫމާތު ދެއެވެ.

ގިރިންދާ އެންޖީއޯ ގެ ފަރާތުން ތިނަދޫ ސިޓީ ގައި ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމުގެ ގެ ބައިވެރިން ރަށުގެ ގޭގެޔަށް ޒިޔާރަތް ކުރަނީ

ފާއިތުވި 2023 ވަނަ އަހަރު އުފެއްދި ގިރިންދާ ޖަމިއްޔާ އާއި ތިނަދޫ ޑިޓޮކްސް އަދި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެށި އައުޓްރީޗް ދަތުރު ތަކުގައި ހުވަދު އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތް ކޮށް ކުރެވުނު މަސައްކަތުން ގިނަ ބަޔަކު އަލުން އަނބުރާ މުޖުތަމަޢު އަށް ވަނީ ގެނެވިފައެވެ.

މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އައުޓްރީޗް ތަކުގައި ބައިވެރިވަމުންދާ “ހުވަދޫ” މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގިރިންދާ ޖަމިއްޔާ ގެ ރައީސް މުހައްމަދު ޖާވިދު ވިދާޅުވީ އެންޖީއޯ އިން ކުރަމުން ގެންދާ އައުޓްރީޗް ޕްރޮގްރާމުގައި އެންމެ ބޮޑު އެހީތެރި ކަން ލިބޭނީ ތިނަދޫ ޑިޓްކްސް އަދި ތިނަދޫ ޕޮލިސް ސްޓޭޝަން ގެ ފަރާތުން ކަމަށާއި އޭގެ އިތުރުން ރަށް ރަށަށް ކުރަމުންދާ ދަތުރު ތަކުގައި އެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އެއްބާރުލުމާއި މަދަދުވެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ކުރި ހޯނޑެއްދޫއަދި މަޑަވެލި ދަތުރު ވެސް އެހެން ރަށްރަށެކޭ އެފަދައިން ފާހަކަ ކޮށް ޝުކުރު ދަންނަވާ ކަމަށް ޖާވިދު ވިދާޅުވިއެވެ.

ގިރިންދާ ޖަމްޢިއްޔާގެ މަޤްސަދަކީ މަސްތުވާތަކެތީގެ ބަލީގައި އުޅޭ ކުދިންނާއި މީހުންނަށް އެހީތެރިވުމާއި އެފަދަ ފަރާތްތައް ރަނގަޅު ގޮތުގައި މުޖުތަމަޢުއަށް ނެރެ ސަލާމަތްވެ ތިބުމަށް ފޯރުކޮށްދެވޭނެ ހުނަރާއި މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރު ކޮށްދިނުނުމެވެ.

ގިރިންދާ ހޯމް މިނިސްޓަރީ ގައި ރަޖިސްޓަރީ ކޮއްފައި ވަނީ 23 ފެބްރުވަރީ 2023 ގައެވެ. “ގިރިންދާ” މި ބަހަކީ ކުރީ ޒަމާނުގައި ހުވަދު އަތޮޅުގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. “ގިރިންދާ” ނަމުގައި ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމުގެ ކުރިން ވެސް މި ޖަމްޢިއްޔާ ގެ އިސް ފަރާތްތަކުން ވަނީ ކޮމިއުނިޓީ ސަޕޯޓް ގުރޫޕެއްގެ ގެ ގޮތުގައި ތިނަދޫ ގައި ހަރަކާތްތެރިވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!