ޚަބަރު
ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލައިފި

މާލެއަށް ފާއިތުވި ދުވަސްތަކު ވެހުނު ބޯ ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގެ ބިންގަނޑުގައި ފެންހެދި، އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލައިފިއެވެ.

ހުޅުމާލެ ސަހަރާގައި ވަޅުލާން ހަމަޖެހިފައިވާ މައްޔިތުން ވަގުތީގޮތުން މާލެ އާސަހަރާއަށް ބަދުކުރަން ނިންމާފައިވެއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުން، މަރުވެފައިވާ މީހުން ވަޅުލުމަށް ކޮންނައިރު ހުޅުމާލެ ސަހަރާގެ ބިންގަނޑުން ފެންއަރަންފަށާކަމަށެވެ. އެހެންކަމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވޭގޮތް ވެފައިނުވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން، ހުޅުމާލެ ސަހަރާއިން ފެން ހިނދެން އަދި ގާތްގަނޑަކަށް ހަފްތާއެއް ނަގާނެއެވެ. އެހެންކަމުން ވިލިމާލެ އަދި ހުޅުމާލެގައި މަރުވާ މީހުން ވަގުތީގޮތުން ވަޅުލާން ހަމަޖެހިފައިވަނީ، އާސަހަރާގައިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ. ނަމަވެސް ހުޅުމާލޭގައި މަރުވާ މީހުންގެ މޫނުދެއްކުން ކުރިޔަށްދާނީ ހުޅުމާލޭގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!