ޚަބަރު
މަޖިލީހުގެ އިންތިހާބުގައި ވާ ދަނުކުރައްވަން ހިސާން ނިއްމަވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާ ދަނުކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ.

އާ އަހަރެއްގެ ހެޔޮ އެދުންތައް ފޮނުއްވަމުން ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާ ކަމަށެވެ.

“ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން.”

ހިސާން ވިދާޅުވިއެވެ.

މީގެއިތުރުން ހިސާން ވަނީ އެ ދާއިރާގެ ރައްޔިތުންގެ އިތުރުން އޭނާ ގެ  މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!