ޚަބަރު
ފަރެސްމާތޮޑާގައި ބަނދަރު ސެކިއުރިޓީ ނިޒާމް ގާއިމްކުރަނީ

ގދ ފަރެސްމާތޮޑާގައި ބަނދަރު ސެކިއުރިޓީ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވެއްޖެއެެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން އިމްތިޔާޒް ވިދާޅުވީ، ބަނދަރު ސަރަހައްދާއި ރަށުގެ މޫނުމަތި ބެލެހެއްޓުމަށް ސެކިއުރިޓީ ޕޯސްޓެއް ހެދުމާއި ބަނދަރުގެ އެކި ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް ބަޖެޓްވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

“މިމަސައްކަތަކީ ނިމިދިޔަ ކައުންސިލުން ކުރުމަށް ނިންމައި ބަޖެޓްވެސް ކަނޑައަޅާފައި ހުރި ކަންކަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެމަސައްކަތް ފަށާނަން.” ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް

އިމްތިޔާޒް އިތުރަށް ވިދާޅުވީ ކުނިކޮށީގައި ފެންސްޖެހުމާއި، މަސްވެރި އުޅަނދުތަކަށް ބަނދަރު ސަރަހައްދުން ބޭނުންވާ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށި އިތުރުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

“މިދެންނެވި ހުރިހާ މަސައްކަތެއްވެސް ކުރިއަށް އޮތް 4 މަސްތެރޭގައި ނިންމާލެވެތޯ މިދަނީ މަސައްކަތް ކުރަމުން. އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުން.” އިމްތިޔާޒް

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. އަމީތާބް

  އަބަދުއަސް ހުޓެއިކުން ހަމްދު ތިކަމަށް ބާއިފައި.

  • ާއަބީށޭކް

   ހާ ހަމްދު ހުއްޓއި އެހެހެން މީހަކުން ބޭނުން ނުވެންނޭ