ޚަބަރު
މާލޭގެ ހުރިހާ މަގެއް ހެދުމަށް ސަތޭކަ މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ: ވަޒީރު ޑރ މުއްތަލިބު

މާލޭގެ ހުރިހާ މަގެއް ހެދުމަށް ސަތޭކަ މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވިލިމާލޭގެ މަގުތައް ހެދުމަށާއި ފ. ނިލަންދޫގައި އެއަރޕޯޓެއް އެޅުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމާއި އީއައިއޭ ހެދުން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ, މާލޭގެ މަގުތަކަށް އޮތް ދާއިމީ ހައްލަކީ މާލޭގެ ހުރިހާ މަގެއް ހެދުން ކަމަށެވެ.

އެކަން މި އަހަރު ފެށިގެން ދާނެ ކަމަށާ މި މަޝްރޫއުގެ އަގު ސަތޭކަ މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ދަށުން މާލޭގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމު އެޅުން ވެސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!