ޚަބަރު
މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށައިފި

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މީޑިއާ ވިލެޖް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްރަޝީދު އާއި ބައްދަލު ކުރައްވައިފިއެވެ.

ދަޢުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށާއި މީޑިއާ ވިލެޖު ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މީޑިއާ ވިލެޖު އެޅުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް ޑރ. މުޢިއްޒުއަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.

ޔޫތު މިނިސްޓަރީން ބުނީ އާރބަންކޯ އާއިއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ މިފަދަ ތަނެއް އެޅުމަށް އެންމެ އެކަށީގެންވާ ރަނގަޅު ބިމެއް ހަމަޖެއްސުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައިކަމަށެވެ. އަދި މީޑިއާ ވިލެޖްގެ ސަބަބުން އާމްދަނީ އިތުރުވާނެ ގޮތްތަކާއި، މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅިގެން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މީޑިއާ ވިލެޖެއް ހެއްދެވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ވެސް ކެބިނެޓްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވައި ބަޖެޓްގެ އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއާ ވަނީ ހަވާލު ކުރައްވާފައެވެ.

އެ މަސައްކަތުގެ ދަށުން އެވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ވެސް ކަމާ ބެހޭ އިދާރާތަކާއިއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!