ޚަބަރު
ޑިމޮކްރެޓްސްގެ އެތެރޭގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 17 ގަ އެވެ.

އެ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެ އެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް، އަންނަ މަހުގެ 6 ވަނަ ދުވަހު ޝަކުވާ އަށް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު ދާއިމީ ލިސްޓް އިއުލާން ކުރާނީ އަންނަ މަހުގެ 11 ގަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!