ޚަބަރު
މުނިސިޕަލް ޚިދުމަތްތައް ސިޓީކައުންސިލަށް ބަދަލުވިޔަސް މުވައްޒަފުންނާ ގުޅުންހުރި އެއްވެސްކަމަށް އުނިކަމެއްނާންނާނެ: ރައީސް

އެޗްޑީސީގެ ދަށުގައި އޮތް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިކަމަށާއި އެހެންނަމަވެސް އެ ބަދަލާއި ގުޅިގެން މުވައްޒަފުންނާއި ގުޅުންހުރި އެއްވެސްކަމަށް އުނިކަމެއް ނާންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ ފުރިހަމަ ޔަޤީންކަމަކީ އެއްވެސް މުވައްޒަފަކަށް، މުސާރަ، އިންޝުއަރެންސް، ނުވަތަ މިހާރު ލިބޭ އެހެނިހެން އިނާޔަތްތައް، އެއް އަހަރު ފާއިތުވެގެން ދިޔަޔަސް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ކަމުގައެވެ. އަދި އެކަމަށް އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށްވެސް ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

“މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން އެމްސީސީއަށް ބަދަލުކުރުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑު ފުރިހަމަ ޔަޤީންކަން އަރުވަން ބޭނުންވަނީ، އެއްވެސް މުވައްޒަފަކަށް، މުސާރަ، އިންޝުއަރެންސް، ނުވަތަ މިހާރު ލިބޭ އެހެނިހެން އިނާޔަތްތައް، އެއް އަހަރު ފަހުންވެސް އުނިކަމެއް ނާންނާނެކަން. އެކަމަށް އެކަށީގެންވާ މެކޭނިޒަމެއް ސަރުކާރުން ތަންފީޒު ކުރާނެ,”

ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީކައުންސިލަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިމަހުގެ ދެވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ބަދަލު ގެނައުމަށްޓަކައި ޤާނޫނީ އިޖުރާތުތައް ނިންމާ މިހާރު އެކި މަރުހަލާތަކަށް ބެހިގެން އެމަސައްކަތް ކުރިަޔަށްދާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

އެގޮތުން މި ބަދަލުގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް 31 ޑިސެންބަރު 2023 އިން ފެށިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި މިނިސްޓަރ އޮފް ފިނޭންސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިޔަށް ގެންގޮސް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގިނަވެގެން 1 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!