ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެހެން ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވައިފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވައިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ކޯ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަކަށް ހުންނެވި އިރު ރައްޔިތުންނަށް ކޮށްދެއްވަން ނިންމެވި ކަންތައްތަކުގެ ތެރެއިން ނުވެހުރީ އޭރުގެ ސަރުކާރާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ. ގަވައިދަށް ބަދަލު ގެނެސް ވިލިމާލޭގައި އެންމެ އުސްކޮށް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހެދުމަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ.

“މި އަވަށުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް ޕްލޭނިން ގަވައިދު ބަދަލު ކުރުން. އެކަން ކުރެވެން އަންނަނީ ޕްލޭނިން މިނިސްޓްރީ އިން ގަވައިދު ބަދަލުކޮށްފައި މަޖިލީހުގެ ގަވައިދު ކޮމެޓީ އަށް ފޮނުވާއިގެން އެކަމާ ބެހޭ ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށް މިވަނީ،” ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރުން ހުއްޓާލައި 6 މަސް ތެރޭ އެކަން ތިލަފުއްޓަށް ބަދަލު ކުރައްވާނެ ކަމަށެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!