ޚަބަރު
ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވހީގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޭއްވި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެހެން ކަމުން އަންނަ މަހުން ފެށިގެން 20 އިންސައްތަ އެ ފްލެޓްތަކުގެ ކުލިން ކުޑަވެގެން ދާނެ ކަމަށެވެ.

އަޅުގަނޑު މިއަދު މިތަނުގައި އިއުލާނު ކޮށްލަން ބޭނުން ވަނީ ފުރަތަމަ ފިޔަވަހީގައި ހުރި ހުރިޙާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެން ދާނެ.

ރައީސް ވިދާޅުވިއެވެ.

މިގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި މިހާތަނަށް ކުޑަކުރެވިފައި ނުވާ ކަމަށާއި، މެއިންޓަނަންސް ފީ ހަމަނައިގެން އެތަންތަނަށް 4000 އާއި 7000 ދެމެދުގެ ކުއްޔެއް ދައްކަމުން އަންނަ ކަމަށެވެ.

އަދި ކުލި ކުޑަކުރިޔަސް އިގްތިސާދަށް ނޭދެވޭ އަސަރު ނުކުރާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދެން އެ 20 ޕަސެންޓް މެނޭޖް ކުރާނެ ކަމަށާއި ގިނައީ ޖީޓުޖީ ލޯންސް، ދެގައުމުގެ ދޭތެރޭގައި ހެދިފައި ހުރި އެގްރީމެންޓްތަކުން ދައްކަން ހުރި ލޯނުތައް ފޭސް އެކެއްގައި ހުރި ފްލެޓްތަކުގައިކަމަށެވެ.

އެހެން ކަމުން އެކަން ސަރުކާރަށް މެނޭޖް ކުރެވޭނެކަމަށާއި އެކަމަކާއި ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!