ޚަބަރު
އަމީނީމަގުގެ ފަހު 2 ސެގްމަންޓްގައި ތާރުއަޅަން ފަށައިފި

އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.

އާރްޑީސީން ވަނީ މޫސުން ތަންދޭނަމަ، އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށާއި އަދި ފަހު ދެ ސެގްމަންޓްގެ ތާރުއެޅުމަށްފަހު، މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު، އަމީނީމަގު އާއްމުންނަށް ހުޅުވަލާނެކަމަށް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައެވެ.

13 ސެގްމަންޓަށް ބަހާލައިގެން ފެށި އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދަނީ ކުރީގެ 11 ސެގްމަންޓަށްވުރެ ފުޅާކޮށް ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
އަމީނީ މަގުގެ މަސައްކަތްދަނީ ޢިއްޒުއްދީން މަގު ހައުސިންގ މިނިސްޓްރީ ކައިރިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކޮމްޕްލެކްސްއާ ހިސާބަށް  ކުރަމުންނެވެ. މާލޭ ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މަގުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަސައްކަތް މެދުކަނޑާލަން ޖެހުމުން މަސައްކަތްވަނީ މިދުވަހަށް ނުނިމިއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!