ޚަބަރު
ހދ. ކޭލަކުނުގައި އީކޯ ޓުއަރިޒަމް މަޝްރޫއެއް ފެށުމަށްޓަކައި، ދިރާސާއެއް ކުރުމަށް ނިންމައިފި

ހދ. ކޭލަކުނު އީކޯ ޓުއަރިޒަމް މަޝްރޫއެއް ފެށުމަށްޓަކައި، މުހިންމު ހާއްސަ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަނދިކަން ނުގެއްލޭ ގޮތަށް އީކޯ ޓުއަރިޒަމަށް ފައްކާ ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

ކޭލަކުނުގައި އީކޯ ޓޫއަރިޒަމްގެ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނާޒިމް ވިދާޅުވީ، ކޭލަކުނަކީ އީކޯ ޓުއަރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީހާޥެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމުމަށް ވެސް ފާސްކޮށްފައިވާ ކަމަށެވެ.

“މިރަށް (ކޭލަކުނު) އީކޯ ޓުއަރިޒަމްގެ ގޮތުގައި ތަރައްގީ ކުރާއިރު މިދަންނަވާ ކަންތައްތަކަށް ސާމަލުވުމަށް ވަނީ ނިންމާފަ. އެގޮތުން މިރަށުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް މިރަށް ތަރައްގީ ކުރެވޭނެ ގޮތެއް ހޯދުމަށްޓަކާ މިނިސްޓްރީ އޮފް ކްލައިމެޓް އެންޑް އެންވަޔަރަމަންޓާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން އިތުރު ސްޓަޑީއެއް ހެދުން. މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ގާއިމުކުރުން.” ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޭލަކުނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!