ޚަބަރު
ބޯ ހިޔާވަހިކަމަށް ޓްރަސްޓް ފަންޑެއް ގާއިމުކޮށް، ލުއި ލޯނު ސްކީމެއް ތައާރަފް ކުރަނީ

އިންޓަރެސްޓް ރޭޓް ފަހެއް އިން ސައްތައަށްވުރެ ބޮޑުނުވާ ގޮތަށް ހަދަން ފަށާފައި ނުނިމި ހުރި ގެދޮރު ނިންމުމަށް އަމާޒުކޮށްގެން ހާއްސަ ކުރުމަށް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ލޯނު ސްކީމެއް އެކުލަވާލަމުންދާ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓް ބައްދަލު ވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް މެދުވެރި ވެގެން ގެދޮރު އިމާރާތްކުރުމުގެ ކަންކަން ކުރުމުގެ އުސޫލެއް އެކުލަވާލައި އެކަން ތަންފީޒު ކުރަމުން ގެންދިއުމަށް ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

އޭގެ އިތުރުން ހަދަން ފަށާފަ ނުނިމި ހުރި ގެދޮރު ހެދުމަށް ހާއްސަ ސްކީމެއް އެކުލަވާލުމަށް އަދި ހަމައެއާއެކު %5 އަށްވުރެ އިންޓަރެސްޓް ބޮޑު ނުވަގޮތަށް ލޯނު ސްކީމްތައް މާޗް މަހުގެ ނިޔަލަށް އެކުލަވާލާ ނިންމުމަށްވެސް މިއަދު ކެބިނެޓުން ނިންމާފައިވާކަމަށްވެސް ނާޒިން ވިދާޅުވިއެވެ.

މިގޮތުން ކުރުކޮށް ދަންނަވާނަމަ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް މެދުވެރި ވެގެން ގެދޮރު އިމާރާތްކުރުމުގެ ކަންކަން ކުރުމުގެ އުސޫލެއް އެކުލަވާލައި އެކަން ތަންފީޒު ކުރަމުން ގެންދިއުން. ލޯނުތަކުގެ އިންޓްރެސްޓް ފަސް އިންސައްތައަށްވުރެ ބޮޑު ނުކުރުން އަދި ހަދަން ފަށާފަ ނުނިމި ހުރި ގެދޮރު ހެދުމަށް ހާއްސަ ސްކީމެއް އެކުލަވާލުމަށް އަދި ހަމައެއާއެކު މިދެންނެވި ލޯނު ސްކީމްތައް މާޗް މަހުގެ ނިޔަލަށް ފަރުމާކޮށް ނިންމުން.ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ބޯހިޔަވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑު ގާއިމު ކުރުމާއި އަދި ކުޑަ އިންޓްރެސްޓުގައި ލުއި ލޯނު ސްކީމެއް ފެށުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ ހުށަހެޅުމަށް މަޝްވަރާ ކުރައްވައި، ގޮތްތަކެއް ކަނޑައަޅަން ޖެހޭތީ ބައެއް ކަންކަމަށް ރިއާޔަތްކޮށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!