ޚަބަރު
ލަކްޝަދީޕަށް ޒިޔާރަތް ކުރުމަށް އިތުރަށް ބާރުއަޅުއްވާނަން: އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު

އިންޑިއާގެ ލަކްޝަދީބަކީ އަބަދުވެސް ޒިޔާރަތްކުރައްވަން ބޭނުންފުޅުވާ ތަނެއްކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިީލު ލަކްޝަދީބު ޕްރޮމޯޓުކުރައްވައިފިއެވެ.

އިންޑިއާގެ ބައެއްގެ ގޮތުގައި އޮންނަ ލަކްޝަދީބަކީ ދިވެހިރާއްޖެއާއި ތަބީއީ ގޮތުން އެއްގޮތް އަތޮޅުތަކަކެވެ. ހުދު ވެލީގެ ގޮނޑުދޮށްތަކެއް ލިބިފައިވާ އެ އަތޮޅުތަކަކީ ރާއްޖޭގެ ބަދަލުގައި އިންޑިއާ މީހުންނަށް ދަތުރުކުރެވިދާނެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރައްވަން ފެއްޓެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މޯދީ ލަކްޝަދީބަށް ވަޑައިގެން އެ ޖަޒީރާތަކުގެ ގޮނޑުދޮށުގައި ހިންގަވައި މޫދަށް އެރިވަޑައިގެން އުޅުއްވާ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކުރައްވައި، އެ ރަށްތަކަށް ޒިޔާރަތްކުރުމަށް ބާރުއަޅުއްވައި، އެ ރަށްތަކުގެ ރީތިކަން ފާހަގަކުރައްވާފައިވެއެވެ. އެއާއެކު ހިންދޫ ހަރުކަށި ފިކުރުގެ ބައެއް މީހުންވަނީ ރާއްޖެއަށް ޒިޔާރަތްނުކޮށް ރާއްޖެ ބޮއިކޮޓުކޮށް ލަކްޝަދީބަށް ދިއުމަށް ބާރުއަޅައި ކެމްޕެއިނެއް ފަށާފައެވެ.

މި ކެމްޕެއިން ފަށާފައިވަނިކޮށް ނައިބުވަޒީރުކަމުގައި ތިއްބެވި ތިން ބޭފުޅަކު އިންޑިއާއާއި މޯދީއާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށް އިންޑިއާގެ މަޝްހޫރު ތަރިންނާއި ސިޔާސީން ހިމެނޭހެން ރާއްޖެ ބޮއިކޮޓުކޮށް ލަކްޝަދީބު ޕްރޮމޯޓުކުރަންވަނީ ފަށާފައެވެ.

މިކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ “ސީއެންއެން ނިއުސް-18” ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ލަކްޝަދީބަކީ އޭނާ އަބަދުވެސް ޒިޔާރަތްކުރައްވަން ބޭނުންފުޅުވާ ތަނެއް ކަމަށެވެ. އަދި މިހާރު ކަންކަން ހިނގާފައިވާ ގޮތަށް ބަލައި، ލަކްޝަދީބަށް ޒިޔާރަތްކުރުމަށް އިތުރަށް ބާރުއަޅުއްވައި ވަރުގަދައަށް ވަކާލާތުކުރައްވާނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަދި މޯދީ ލަކްޝަދީބު ޕްރޮމޯޓުކުރެއްވުމަކީ ހަމަ އާދައިގެ ކަމެއް ކަމަށާއި، ލަކްޝަދީބަކީ ރާއްޖެއަށް އޮތް ސީދާ ނުރައްކަލެއް ނޫންކަމަށާއި، ލަކްޝަދީބާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މެދުގައި ހުރި އެއްގޮތް ކަންކަމުގެ ސަބަބުން ދެ ސަރަހައްދުގެ ފަތުރުވެރިކަން އެކީ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކޮށްފިނަމަ ދެ ޤައުމުގެ ފަތުރުވެރިކަމަށްވެސް ބޮޑު މަންފާއެއް ހޯދިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މޯދީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ ބޮއިކޮޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ފުނޑައިލަން ގޮވައިލި އިންޑިއާ މީހުން އެފަދައިން ގޮވައިލީ “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުންކަމަށް ސިފަކުރައްވައި، އެކަމަކީ އޭނާއަށް ވިސްނިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.

އަދި އިންޑިއާ މީހުން ދެއްކި ވާހަކައަށް ރައްދުދިން ދިވެހިންނަކީ ގަމާރުންކަމަށާއި، “ކްލައުނުން”ތަކެއް ކަމަށް ފައްޔާޒު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާމެދު ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!