ޚަބަރު
ރައީސުްގެ އަނބިކަނބަލުން ޗައިނާގެ ސާންފާންގ ޗީޝިއާންގއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާއާ ކުރެއްވިއެވެ. އޭގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ.

ސާންފާންގ ޗީޝިއާންގ އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!