ޚަބަރު
ޗައިނާގެ ރައީސްގެ ދެކަނބަލުން، ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާ ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާއިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ.މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައީސް ރައީސް ޝީ ޖިންޕިންއާއި ބައްދަލުވުކުރުމަށް ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމަށް ކުޅެފައި ވެއެވެ.

ހަމައެއާއެކު ރައީސް މުއިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޗައިނާގެ އައްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތައާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ ޢިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢާރަފްކޮށްދެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!