ޚަބަރު
ގިނަ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމަށް، ޗައިނާއާއިއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ގިނަ ދާއިރާތަކާއި ގުޅުންހުރި 20 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، އެއްބަސްވުމުގެ ދާއިރާތަކާއި ގުޅުންހުރި ވަޒީރުންނެވެ. ޗައިނާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ވަނީ ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.

އަދި އެ ކަނބަލުން ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމްވެސް ބަނީ ކުޅެފައެވެ

މީގެއިތުރުން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒަށް ޗައިނާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތައާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ އިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތައާރަފްކޮށްދެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!