ޚަބަރު
ކުޅިވަރާބެހޭ ވުޒާރާގެ 160 މިލިއަން ރުފިޔާގެ ދަރަނިން 125 މިލިއަން ދައްކައިފި: މިނިސްޓަރ ރާފިއު

ކުޅިވަރާ ބެހޭ ވުޒާރާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. މި ދަރަންޏަކީ މިދިޔަ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ 160 މިލިއަން ރުފިޔާގެ ދަރަންޏެކެވެ.

ރާފިއު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.

މިދިޔަ ސަރުކާރުން ފަށާފައިވާ 232 މަޝްރޫއުގެ ތެރެއިން ފައިސާގެ މައްސަލަތަކުގެ ސަބަބުން ގިނަ ޕްރޮޖެކްްޓްތަކެއް ހުއްޓިފައިވާ ކަން ވަޒީރު ވަނީ ފާހަގަަކުރައްވާފައެވެ. ވަޒީރު ރާފިއު ވިދާޅުވީ, އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކަމަށްވާ 160 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

އަދި އޭގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާ 64 ޕްރޮޖެކްޓެއް ފެށިފައިވާ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ރާފިއު ވިދާޅުވި ގޮތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ހަމަޖެއްސީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި، ސަޕްލިމެންޓަރީބަޖެޓުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!