ޚަބަރު
276 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައި: މިނިސްޓަރ ޝިޔާމް

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން, މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު 276 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޗައިނާގައި މިވަގުތު ހުންނަވައިގެން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިހާތަނަށް މަސްވެރިންނަށް 276 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި އަދިވެސް މަސްވެރިންނަށް ނުދެވި ފައިސާ އެބަހުރި ކަމަށެވެ.

އެންމެފަހުން މަސްވެރިންނަށް ފައިސާ ދޫކުރެވުނު ފަހުން ފައިސާ ނުދެވި ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެގޮތުން އެންމެފަހުން ވެސް މަސްވެރިންނަށް ފައިސާ ދެވިފައި ހުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 އާއި ހަމައަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

“އެހެންވީމަ މިހާރު އަޅުގަނޑުމެންނަށް މި ހަލާސްކޮށްލެވެނީ 30 ނޮވެމްބަރާއި ހިސާބަށް. މާނައަކީ ނޮވެމްބަރާއި މަހާއި ހަމައަށް ދޭންޖެހޭ ފައިސާ,” ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މިފްކޯގެ އާމްދަނީ އިތުރުކުރެވޭނެ މާބޮޑު ގޮތެއް ހޯދުމަކާ ނުލާ މަހުގެ އަގަށް ގެނައި ބަދަލަކީ މިފްކޯ އާއި ދައުލަތަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ބުރައެއް ކަމަށެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވީ ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު ސަބްސިޑީގެ ގޮތުގައި އިތުރަށް 250 މިލިއަން ރުފިޔާ ދޭންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

“އަންނަ އަހަރު 25 ރުފިޔާގައި އަގު ހުރެއްޖެނަމަ އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ،” ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ފައިސާ ދިނުން ކަމަށް ޝިޔާމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!