ޚަބަރު
ދޮން އަނދަރާދަ މަގު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި
ދޮން އަނދަރާދަ މަގު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ މިއަދު ވިދާޅުވެފައި އެވެ. އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފަވާ ފަހުމީ ފާހަގަކުރެއްވި އެވެ.

އެމްޑީ އިތުރަށް ވިދާޅުވީ މި މަސްރޫއު ހަވާލުކުރެވިފައިވަނީ އެމްޓީސީސީއާ ކަމަށާއި މިހާރު މި މަސްރޫއު 40 ޕަސެންޓު ނިމިފައިވާކަމުގަ އެވެ.

“މި ސްޕީޑުގައި ކުރިޔަށް ދާކަމުގައި ވަނީ ނަމަ މި މަސް ނިމުމުގެ ކުރިން އާންމުނަށް މި މަގު ހުޅުވާލެވޭނެ.” ފަހުމީ ވިދާޅުވި އެވެ.

އެ މަގުގައި ކުރިން 17 އިންޖީނު ގެ ޕަވާ ހައުސް އިންނާނެކަމަށާއި މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލު ކުރެވިފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. މިކަން ކުރީ މިތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށް މި އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން އުނދަގޫވެ އެ ކަން ފާހަގަކުރަމުންދާތީކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް ދުވާލު ގަޑީގައި ކަމަށާއި މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމުގަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!