ޚަބަރު
ތިނަދޫ – ކާޑެއްދޫ އެއަރޕޯޓްބްރިޖްގެ އުންމީދީ ފެހި ސިގްނަލް!

ފާއިތުވި ރިޔާސީ ދައުރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަމުން ދިޔަ ވެރިކަން ނިމުމަކަށް ގެނައުމަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ވައުދު ތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނިގެން ދިޔައީ އާ އުސްމިން ތަކަކަށް ދިވެހި ރާއްޖެ ގެންދާވަން ޔަޤީންކަން ދެއްވި “މެގަ ޕްރޮޖެކްޓް” ތަކުގެ ވާހަކަ އެވެ. އެގޮތުން ކޮންމެ އަތޮޅެއް ގައި ކުރިޔަށް ގެންދަވާނެ އެފަދަ ތަރައްޤީ ތަކުގެ ވާހަކަ ތަކުން ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ހޯއްދެވިއެވެ. އަދި ބޮޑު ތާއީދަކާ އެކު އަރާ ބާރާ ނުފޫޒާއި އެކު ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ބަލި ކުރެއްވިއެވެ.

މިއަދު މިވަނީ އާ ދައުރު ފެށި ފައެވެ. ރައްޔިތުން އެ ތިބީ ރައީސްގެ ވަޢުދުފުޅުތައް ޙަޤީޤަތަކަށް ހައްދަވާނެ ދުވަހެއްގެ އުންމީދު ގައެވެ. ފާއިތުވި 2 މަހެއްހާ ދުވަހުގެ ތެރޭގައި އާ ސަރުކާރުން ފެންނަންފެށީ ވެސް ރައްޔިތުން އުންމީދު ކުރި ގޮތަށެވެ. ހަފްތާ 14 ނުވަތަ ފުރަތަމަ 100 ދުވަހަށް ތަރުތީބު ކުރެއްވި އެތައް ކަމެއް މިހާރުވެސް ވަނީ ތަންފީޒު ކުރައްވަން ވަނީ ބާރު ދުވެލީގައި ފައްޓަވާފައެވެ.

ރައީސް ޑރ މުއިއްޒު ގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ވަޢުދުގެ ގޮތުގައި ހިމެނޭ އެއް ވަޢުދަކީ ގދ ތިނަދޫ- ކާޑެއްދޫ އެއަރޕޯޓް ބްރިޖެވެ. ޑރ މުއިއްޒު ހުވަދު އަތޮޅަށް ވަޑައިގެން ކުރެވި އެންމެ ބޮޑު ވަޢުދު ވެސް މެއެވެ. އެ މަޝްރޫޢު އަކީ އަތޮޅުގެ އެންމެ ބޮޑު އާބާދީ އެއްތަންވާ ތިނަދޫ އިން މުޅި ހުވަދު އަތޮޅުގެ ތަރައްޤީ އެތައް ގުނައަކަށް ފުޅާ ކޮށްލުމުން އެދެމުން ދިޔަ އެންމެ މުހިންމު ކަމެވެ. ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ކޮށް ތިނަދޫ އާއި ބްރިޖަކުން ގުޅާލުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި އިންވެސްޓަރުންނަށް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބްރިޖާއި ހުވަދޫ ބްރިޖުގެ ނުވަތަ ތިނަދޫ – ކާޑެއްދޫ އެއަރޕޯޓް ބްރިޖް ހިމެނި ޚަބަރު ވެގެން ދިޔައީ މިއަދުގެ ސަރުކާރާ މެދު ކުރި އިތުބާރަށް ދިރުން ލިބި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަށް ކުރާ އިތުބާރު އެތައް ގުނަ އަކަށް ބޮޑުވި ކަމަކަށެވެ. ގދތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުންނަ އިރު އެ ސަރަހައްދު ބްރިޖަކުން ގުޅާލުމުގެ ފެހި ސިގްނަލް އިންވެސްޓް މޯލްޑިވްސް ފޯރަމް ގެ ތެރެއިން ލިބިގެން ދިޔުމުން ރައްޔިތުން އެދޭނީ އެ ސިގްނަލް ޢަލީގެ ރަތް ބޮކި ދިއްލޭނެ ދުވަހަކަށް ކަން ޔަޤީނެވެ.

ޗައިނާއިން އިންވެސްޓްމަންޓުތައް ހޯދަން މަސައްކަތް ކުރަމުން އަންނަނީ ރައީސް މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ ޕްރޮޖެކްޓުތަކަށެވެ. އެހެން ކަމުގައި ވާނަމަ މި ދައުރު ތެރޭގައި ތިނަދޫ ރައްޔިތުން ހުވަދު އަތޮޅު ޝާމިލުވާހެން ދެކެމުން އަންނަ ފޮނި އުއްމީދުގައި ޙަޤީޤީ ކުލަ ޖެހިގެން ދިޔުމަމީ ވަރަށް ބޮޑަށް ޔަޤީންވާ ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!