ރިޕޯޓް
ތަފާތު ދެއްކުމުގެ ނިޔަތުގައި ތިނަދޫ އުތުރު ދާއިރާ މަޖްލީސް ގޮނޑިއަށް ލިއުޝާ 

މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީ ޕީޕީއެމްގެ ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް ގޮނޑިތައް ކަށަވަރު ކުރުމަށް މުޅި ރާއްޖޭގައި ބާއްވާ ޕްރައިމަރީގެ ވޯޓުލުން އޮންނަ ދުވަހަކީ ނުވަތަ މިމަހުގެ 20 ވަނަ ދުވަހަކީ ސިޔާސީ ގޮތުން ބޮޑު ދުވަހެކެވެ. އެހެން ފަހަރުތަކާ ޚިލާފަށް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާ މި އިންތިޚާބު ގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ. މާލެއާއި ރާއްޖޭގެ އެކި ރަށް ތަކާއި ސިޓީ ތަކުގައި ވަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ 2 ދާއިރާ ގައިވެސް ވަނީ ވަރަށް ފޯރީގައި ޙަރަކާތްތައް ފަށާފައެވެ.

ގދ ތިނަދޫ ދެ ދާއިރާ އަށް ބަލާ އިރު ދެކުނު ދާއިރާއަށް ޕީޕީއެމް ޕީއެންސީ ޓިކެޓަށް ކުރިމަތި ލައްވައިގެން ތިއްބެވީ މުޅިން ވެސް ފިރިހެން ބޭފުޅުންނެވެ. އެ ދާއިރާ އަށް 5 ބޭފުޅުން ވާދަ ކުރައްވައެވެ. އެއާއި ޚިލާފަށް ތިނަދޫ އުތުރު ދާއިރާ އަށް ކުރިމަތި ލައްވާ ފައިވާ ބޭފުޅުންގެ އަދަދު މަދެވެ. އުތުރު ދާއިރާ އަށް 4 ބޭފުޅުން ވާދަ ކުރައްވާއިރު އޭގެ ތެރެއިން 2 ބޭފުޅުންނަކީ އަންހެން ކަނބަލުން ނެވެ. މިއީ ތިނަދޫ އަށް ވިސްނާ އިރު ވަރަށް ތާރީޚީ ކަމެކެވެ. ރާއްޖޭގެ ރައްޔިތުން ގެ މަޖިލިސް ދާއިރާ ތައް އަތޮޅު ތަމްސީލު ކުރާ ގޮތަށް އޮތް ނިޒާމު ބަދަލު ވުމަށް ފަހު ދާއިރާ ތަކުން މެމްބަރުން ހޮވަން ފެށި ފަހުން, މިއީ ތިނަދޫ އުތުރު ދާއިރާ އަށް އަންހެން ކަނބަލުން ކުރިމަތި ލައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން 2005 ވަނަ ގދ އަތޮޅަށް ހަފީޒާ އަފީފް އަދި 2019 ގައި ތިނަދޫ ދެކުނު ދާއިރާއަށް މިފަހަރުވެސް އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަ ކުރައްވާ ޒިފްލީން ޙަސަން ވަނީ ތިނަދޫ އަށް ނިސްބަތްވާ ސިޔާސީ ކަނބަލުންގެ ގޮތުގައި ވާދަ ކުރައްވާފައެވެ.

ގދ ތިނަދޫ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް ތަޚުތު ވެވޭތޯ މަސައްކަތް ކުރައްވާ 2 ބޭފުޅުންނަކީ ގދ ތިނަދޫ ތޭޓީފޯ ޢާއިޝަތު ލިއުޝާ ޒުބައިރު އާއި ޓޮންގާ, ސޫދާ އަބްދުﷲ އެވެ. މި ދެ ބޭފުޅުންނަކީވެސް  ގދ ތިނަދޫ އަށް ނިސްބަތްވާ ކަނބަލުންނެވެ.

ތިނަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ  އައިޝަތު ލިއުޝާ ޒުބައިރު ،ޢާއްމު ނަމުން ނަމަ ލިއުޝާ އަކީ ތިނަދޫގައި ހިންގުން ސިޔާސީ ހަރަކާތްތަކުން ވަރަށް ބޮޑަށް ފާހަގަވި ޒުވާން ކަނބަލެކެވެ. ޕީޕީއެމް ފިކުރުގެ އާއިލާ އަކުން ފާހަގަވި ދެ ގޮތެއް ނުވާ ބޭފުޅެކެވެ. ޢާއިޝަތު ލިއުޝާ ޒުބައިރުގެ ފަރާތުން އެއްމެ ބޮޑަށް ފާހަގަވި ކަމަކީ ރައީސް ޔާމީން ވެރިކަން ގެންނެވުމަށް އަމިއްލަ ގޭގައި އޮފީސް ހައްދަވައި އާއިލާގެ އެހީތެރިކަން ހޯއްދަވައިގެ ހުރިހާ ޚަރަދުތައް ޕާޓީ އަށްޓަކާ ކުރެއްވި ޕާޓީ ރޫޙުގެ ބޭފުޅެއްގެ ގޮތުގައެވެ. މަގު ތަކުގައި ޕާޓީން ބޭއްވި ހުރިހާ އެއްވުންތަކާ މުޒާހަރާ ތަކުގައި އުޅުއްވީ ޕާޓީ އަށް ހުންނެވި ލޯތްބެއްގެ ބޮޑު ކަމުންނެވެ. މި 2023 ވަނަ އަހަރު މެދުތެރޭގައި އެކުލަވާލި، ޕީޕީއެމް ޕީއެންސީގެ ސްޓެއަރިންގ ކޮމިޓީ އިންތިޚާބާ ހަމަޔަށް އެކަން އެގޮތަށް ކުރެއްވި އެވެ.

ލިއުޝާ އަކީ ޕީޕީއެމް ޕީއެންސީ އަށް ވަފާތެރި ބޭފުޅުޅެއް ކަމުގެ އެންމެ ހެއްކަަކީ 2008 ވަނަ އަހަރުން ފެށިގެން 100 ޕަސަންޓް އަޤުލަބިއްޔަތު ހޯދަމުން ،ތާރީޚުގެ ތެރޭގައި ލިޔެވެމުން ދިޔަ ތިނަދޫ ކައުނަސިލްގެ ގޮނޑި ހޯއްދެވި 3 ކެނޑިޑޭޓުންގެ ތެރެއިން އެންމެ އެންމެ ގިނަ ވޯޓު ލިބިލެއްވި ބޭފުޅާއަށްވީކަމެވެ. ކައުންސިލުގެ 6 ގޮނޑީގެ ތެރެއިން 3 ގޮނޑި ހޯއްދެވި ޕީޕީއެމް ލަޝްކަރުގެ އެންމެ އިސް ސާފުގައި ހުންނެވި އެއް ބޭފުޅާއަށްވުމެވެ. މިއަދު ވެސް އެ ކަމަނާ އެ ހުންނެވީ އެ ފިކުރުގައި ބަދަލެއް ނައިސް ތިނަދޫ ކައުނަސިލްގެ މެމްބަރެއްގެ ގޮތުގައެވެ.

އެ ކަމަނާވެސް އެ ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނެވާ، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިައަށް ވާދަ ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ކެރިގެން ހުރެ ނެނގެވި ފިޔަވަޅެކެވެ. ތިނަދޫ އަންހެން ކަނބަލުންނަށް ނުވަތަ އެ ދާއިރާ ގައި ސިޔާސީ ގޮތުން އެ ހިއްވަރު ހުރި ކަނބަލުން ތިއްބެވި ކަމުގެ ހެއްކެއްވެސްމެއެވެ.

ލިއުޝާގެ ވިސްނުންފުޅު ގެންގުޅުއްވާ ނީ ، ޒާތީ ގޮތުން ނަގަމުން އަންނަ ބިޔަ ރާޅު ތަކަށް ސިހުމެއްނެތި ސިޔާސީ ގޮތުން  ދޫނުދެއްވައި ކުރިޔަށް ވަޑައިގެންނެވުމަށެވެ.

ރައްޔިތުންގެ މަޖްލިސްގެ 20 ވަނަ ދައުރަށް “ތިނަދޫ އުތުރު ދާއިރާއަށް ލިއުޝާ”  ނުވަތަ ސޫދާ ހޮވިވަޑައިގެންފި ނަމަ ޔަޤީނުންވެސް ވެސް އެކަން ވެގެންދާނީ ދިވެހި ތާރީޚުގައިވެސް ލިޔެވުގެންދާނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!