ރިޕޯޓް
ވަޒީފާއަކީ މުޅި ދިރިއުޅުމެއް ނޫނެވެ!

ކޮންމެ މީހަކުވެސް ދިރިއުޅުމަށް މަސައްކަތް ކުރާނެއެވެ. މަދު ނަސީބުވެރިން ފިޔަވާ ދެންތިބި އެންމެންވެސް އަނބިދަރިންނަށް ނުވަތަ އަމިއްލަ އަށް ދިރިއުޅުމަށް ބޭނުންވާ ކަންތައްތައް ކުރުމަށް އާމްދަނީ ހޯދުމަށް ކޮންމެވެސް ގޮތެއް ޚިޔާރު ކުރާނެއެވެ. އެއީ އަމިއްލަ މަސައްކަތެއް ކަމުގައި ވިޔަސް އަދި ވަޒީފާއެއް ކަމުގައިވިޔަސްއެވެ.

ދިވެހިރާއްޖޭގައި މިހާރު ކަން ހިގަމުން އަންނަ ގޮތުން އަތޮޅުތެރޭ ދިރިއުޅޭ މީހުންނަކީ އާމްދަނީ ގޮތުން މަދު އެއްޗެއް ލިބުނު ކަމުގައިވިޔަސް ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވާ ބައެކެވެ. އެއާއި ޚިލާފަށް، ރަށުގައި ނެތް ވަސީލަތެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި ވެރިކަން ކުރާ މާލެއަށް ދިރިއުޅުން ބަދަލު ކޮށްގެން އުޅޭ މީހުންނަކީ ދިރިއުޅުމަށް ވަޒީފާ އަދާކުރާ ބައެކެވެ. މުޅި މަސްދުވަހު މަސައްކަތް ކޮށްގެން ލިބޭ ރަނގަޅު މުސާރަ ހިތްހަމަ ޖައްސާލާނެ ބޭނުމެއް ނުފުދި ދިރިއުޅޭ ގޭގެ ކުލި ދައްކާ ބައެކެވެ. މިއީ އެއްވެސް ދިވެހި ރައްޔިތަކަށް ނޭނގޭ ކަމަކަށް ނުވާނެއެވެ.

ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އާމްދަނީ ހޯދުމަށް އަދާކުރާ ވަޒީފާއަކީ މުޅި ދިރިއުޅުން ކަމުގައި ވެގެން ދެއެވެ. އާއިލާ އަށް ނުދެވޭ ވަގުތު އަދާ ކުރާ ވަޒީފާ އަށް ދެމުންދާއިރު، ރަސްމީ ގަޑީގެ އިތުރުން ނުރަސްމީ ގަޑި ތަކުގައިވެސް ވަޒީފާ ގައި އުޅެމުން ދަނީ، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. އެވަރުން ނުވެގެން ރަސްމީ ވަޒީފާ އާދާކުރުމަށް ފަހު ލިބޭ ހުސްވަގުތު ގައި، އިތުރަށް އާމްދަނީ ހޯދުމަށް އަމިއްލަ ކޮންމެވެސް ކަމެއް ކުރެއެވެ.

ދަރިފުޅަށް ބައްޕަ ނުވަތަ މަންމަ ނުފެނި ދުވާލު ނިމިގެން ދާއިރު, ރޭގަނޑު މަސައްކަތް ނިންމާލައި, ގެއަށް އައިސް ހުންނަ ވަރުބަލިކަން ފިލުވާލުމަށް ނިދާލުމުން އާއިލާއަށް ވަގުތު ނުދެވި ދިމާވާންޖެހޭ ބައެއް މައްސަލަ ތައް ދިމާވެއެވެ. އަބަދު “ބިޒީ” ބޯޑު އަޅުވައިގެން ބަންދެއް ނެތި މަސައްކަތް ކުރަމުން ދާއިރު މީހާ އަށް ވަމުންދާ ގޮތެއް އިހުސާސެއް ނުވެއެވެ. ސިއްޚީ ގޮތުން އަމިއްލަ ނަފްސަށް ލިބެމުންދާ ގެއްލުންތައް އަންދާޒާ ނުކުރެވެއެވެ.

މި ފަހަކަށް އައިސް، ދިވެހިންނަށް ކުއްލި ބަލި ހާލަތު ދިމާވުން ވަރަށްވެސް ގިނަވެއްޖެއެވެ. ސްޓްރޯކް ޖެހުން ނުވަތަ، އެ ނޫންވެސް ސިއްޙީގޮތުން ކޮންމެވެސް ބަލިކަމެއްގެ ތެރެއަށް މީހާވެއްޓިގެން ދަނީ ކުއްލިއަކަށެވެ. ދުވާލުދާ ހަތަރުދަމު ރަނގަޅު ކާނާއެއް އަރާމެއް ނެތި ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ހީނުކުރާހާ ގެއްލުން ލިބިގެން ދެއެވެ.

ގިނަ ޒުވާނުން މިއަދު ވަޒީފާ އަދާކުރަނީ ވެސް ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައެވެ. މަހު މުސާރަކޮޅު ލިބުމުން ފޯނު ބިލަށާއި, އިންސްޓޯލްމެންޓަށް ނަގާފައިހުރި ސައިކަލާއި, ފޯނަށް ފައިސާ ދައްކާލުމަށް ފަހު މީރު ރަނގަޅު ކެއުމެއް ކާލެވޭނެހާ ވަރެއް އަތުގައި ނޯވެއެވެ. ގިނަފަހަރަށް ލިބޭ އާމްދަނީ އިން ޒަރޫރީ ބޭނުން ނުފުދެއެވެ. އަދި ގިނަ ޒުވާނުން ދައުލަތަށް ދައްކަން ޖެހޭ އަދަދު ބޮޑު ކަމުން އެވާހަކަ ސިކުނޑީގައިވެސް ހަރުނުލައެވެ.

މީގެ ތެރެއިން ބައެއް ޒުވާނުންނަކީ ލިބޭ މުސާރާއާއި ނުބައްދަލު މަސައްކަތެއް ކުރާ ބައެކެވެ. ހެނދުނު ހޭލާގޮތަށް ފަށާ މަސައްކަތް ރޭގަނޑު ގެ ނިދުމަށް ހުއްޓާލާ މީހުންގެ މަގުސަދަކީ ކުރިމަގު ރަނގަޅު ކުރުމަށް ކަމަށް ބުނެއެވެ. މިއަދު މަސައްކަތް ކުރުމުން މާދަމާ ރަނގަޅުވާނެ ކަމަށް ބުނެއެވެ. ރަނގަޅެވެ. ކޮންމެ މަސައްކަތެއްގެވެސް ކާމިޔާބު ލިބޭނެއެވެ. އެހެން ނަމަވެސް މަސައްކަތެއް ކުރަންވާނީ ތިމާގެ ދިރިއުޅުމުގައި ތިބި އެހެން މީހުންނާއި, އަމިއްލަ މީހާގެ ސިއްހަތަށްވެސް ބަލައިގެންނެވެ.

ފަހަރުގައި އެގޮތަށް ބުރަ މަސައްކަތް ކުރުމުން ވަޒީފާ އަދާ ކުރާ ތަނުގެ ވެރިޔާ ވަރަށް ހިތްހަމަ ޖެހިދާނެއެވެ. “ސްޓާފް އޮފް ދި މަންތް” ކިޔާ ބެޖެއްވެސް ދީފާނެއެވެ. މުސާރަ އަށް 500 އެއްހާ ރުފިޔާވެސް އިތުރު ކޮށްލާނެއެވެ. އެހެން ނަމަވެސް, ތިމާގެ އާއިލާ އަށާއި, ރަހުމަތްތެރިންނަށާއި, އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ނުދެވުމުގެ ސަބަބުން މީހާ ބަލިވެ ހީވެސް ނުކުރާހާ ހާލަތަކަށް ވައްޓާލައެވެ. މާދަމާވެސް މި ފަނާކުރަނިވި ދުނިޔެ ދޫކުރުމުން, އާއިލާގެ މީހުންނާއި, ގާތް ރަހުމަތްތެރިން ރޮއެ ހިތާމަ ކުރާއިރު, “ސްޓާފް އޮފް ދި މަންތް” ގެ ބެޖު ދިން ވެރިމިހާ އެ މަގާމަށް އިތުރު މުވައްޒަފަކު ނަގަން އިއުލާނު ކޮށްލާނެއެވެ.

ދިރިއުޅުމަކީ ވަޒީފާ ކަމުގައި ނުދެކޭށެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދު ތައް ކުރުމަށް އާމްދަނީ ހޯދުމަށް ވެސް ވަކި ވަގުތު ތަކެއް ކަނޑައަޅާށެވެ. ދިވެހިރާއްޖޭގެ ގާނޫނުގެ 37 ވަނަ މާއްދާގައިވެސް ވަޒީފާގައި އުޅެވޭނެ ވަގުތުތައް ކަނޑައަޅައިފައި އޮންނަން ޖެހޭނެކަމަށް ބުނެފައި އޮންނަނީ ރަނގަޅު މަގުސަދެއްގައެވެ. އަދި ކޮންމެ ީމހަކަށްމެ އަރާމުކުރުމާއި, މުނިފޫހިފިލުވުމަށް ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ މިޙައްޤު ލިބިދިނުމަށްޓަކައި، މަސައްކަތްކުރާންޖެހޭ އެންމެ ގިނަ ވަގުތެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށްވެސް މި ޤާނޫނުގައި ވަރަށް ރީތިކޮށް ބުނެފައިވެއެވެ.

އެހެން ކަމުން, ދިރިއުޅުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި, ދީނީ ކަންކަމާއި, އާއިލާ ދެކޭށެވެ. މިއަދު އާއިލާ އަށާއި, ދީނީ ކަންކަމަށް ދިން އަހަންމިއްޔަތުކަމެއްގެ ނަތީއްޖާ މާދާމާ ވަރަށްވެސް ފޮނިވާނެއެވެ. ހަމަ ޔަގީނުންވެސް ދެގުނަ މުސާރާ އަށް ވުރެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. މަރީ

    ވ.ރަނގަޅު ޙަޤީޤީ ވާހަކައެއް