ޚަބަރު
ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފި

މިއަދު ކުރިއަށްގެންދިޔަ ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، 4 ޖެހުމާ ހަމަޔަށް ވޯޓުލުމުގެ ހައްގު އަދާކޮށްފައިވަނީ 14,605  މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26.08 އިންސައްތައެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި، އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުޙައްމަދު ސައިފް ފާތިޙް އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!