ޚަބަރު
ރޯދަމަހަށް ކޮންމެ ގެއަކަށް ކާޑުގެ ބާވަތްތައް، ހަދިޔާ ކުރައްވާނަމޭ ބުނުމުން ޝާހިދުގެ މަލާމާތާއި ފުރައްސާރަ!

ކުރިއަށް އޮތް ރަމަޟާން މަހުގައި ދިވެހި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހަނޑުލާއި ފުއް ހަދިޔާ ކުރައްވާނަމޭ ބުނުމުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މަލާމާތާއި ފުރައްސާރަ އަމާޒު ކޮށްފިއެވެ.

ޝާހިދު މި މޭރުމުން ވާހާކަ ދެއްކެވީ މާލެ ސިޓީ ކައުންސިލަށް މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބު ވުމުން ބޭއްްވި އުފާފާޅު ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ރޯދައަށް ކޮންމެ ގެެއަކަށް ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާއެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ މާލޭގެ ރައްޔިތުން “ގަނެލަން” ދެއްކެވި ވާހަކައެއް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކަކީ ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާއެއް ނޫން ކަމަށް މާލޭގެ ރައްޔިތުން ބުނެފި ކަމަށެވެ.

މިއަދުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5026 ވޯޓު ލިބިވަޑައިގަތެވެ.

މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ތިން ވަނައަށް ވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހެވެ. ހަތަރު ވަނައަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދު ވަޑައިގެންނެވިއިރު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!