ޚަބަރު
މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނިގޮތުގައި ބަނގުރާ ނައްތާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

އަދި ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިޔަރު ދަޅު ކަމަށާއި މިތަކެއްޗަކީ  2023 ޖުލައި 11 އިން ފެށިގެން  2024 ޖަނަވަރީ  8 އަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި، އެމް.އެން.ޑީ.އެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި ބަނގުރަލުގެ ތިން މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 248 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 1738 ފުޅިބަނގުރަލާއި 557 ދަޅު ބިޔަރެވެ. އަދި ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށްފައިވާ ބަނގުރަލުގެ 3 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 9 ފުޅިބަނގުރަލާއި ބިޔަރު ދަޅެކެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!