ޚަބަރު
ދިރާސީ އައު އަހަރަށް ”ދިވެހި ޤައުމިއްޔަތު” މާއްދާ ތައާރަފު ކުރަނީ!

އަންނަ ދިރާސީ އައު އަހަރުގައި ޤައުމީ މަންހަޖުގުއި “ދިވެހި ޤައުމިޔައްތު”ގެ މާއްދާ ތައާރަފް ކުރާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ, މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމެވެ.

އެގޮތުން ނާޒިމް ވިދާޅުވީ, ދިވެހި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ޤައުމީ މަންހަޖުގެ ތެރެއިން ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވަނީ ދިވެހި ގައުމިއްޔަތާއި ރުކުންތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ ކުދިންތަކެއް އުފައްދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ މިކަމަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަން ނިންމި ކަމެއް ކަމަށެވެ.

އަދި ދިރާސީ އައު އަހަރުގެ ކިޔެވެން ފެށޭއިރު, މި މާއްދާ ކިޔަވައިދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ޓައިމްލައިންއާ އެއްގޮތަށް ވަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!