ޚަބަރު
އިންފްލެއެންޒާގެ ވައްތަރެއް ޖެހި ދިވެއްސަކު މަރުވެ، ތިން މީހަކު ވެންޓިލޭޓަރުގައި

އިންފްލެއެންޒާގެ ވައްތަރެއް ޖެހިގެން ރާއްޖެއިން މީހަކު މަރުވެ، ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ މިކަން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ މުހައްމަދު އަލީ އެކްސްގައި މިއަދު ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި “އޭ އެޗް1އެން1” ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“30 ދުވަހުގެ ތެރޭގައި އެ ބަލި ޖެހިގެން އެކަކު ވަނީ މަރުވެފަ،” ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުވުން ދުރުކަން ހާމަކުރައްވައި ޑރ މުހައްމަދު އަލީ ވިދާޅުވީ އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!