ޚަބަރު
ތިނަދޫގައި ސްކޫލްކުދިންނަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ފަށައިފި

ސްކޫލްކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ތިނަދޫގައި މިއަދު ފަށައިފިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ސާލިމް އަލީ ވިދާޅުވެފައިވަނީ ގދ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އުމުރުން 12-17 ދެމެދުގެ ސްކޫލްކުދިންނަށް އަދި ސްކޫލުގައި ނޫޅޭ ކުދިންނަށްވެސް މިއަދު ވެކްސިންދޭން ފަށާނެކަމަށެވެ. އެގޮތުން ގދ.ތިނަދޫގައި ހުންނަ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ވެކްސިންދޭން ފަށާފައިވާކަމަށް ސާލިމް ވިދާޅުވިއެވެ.

މިއަދު ހެދުނު 9 ޖެހިއިރު ފެށިގެން ކުރިޔަށްދާ މިޕްރޮގްރާމުގައި ކުދިންނަށް ދެވޭނީ ފައިޒާ ވެކްސިން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސްކޫލްކުދިންނަށް ވެކްސިންދިނުމަށްޓަކައި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 1476 ޑޯޒް ފައިޒާ ވެކްސިން އިއްޔެ ވަނީ ލިބިފައެވެ.

ތިނަދޫގެ އިތުރުން މުޅިރާއްޖޭޣައިވެސް ސްކޫލްކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް މިވަނީ ފަށާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!