ޚަބަރު
ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޯއައިސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ މަޤްޞަދަކީ ފަތުވާގެ ނިޒާމު ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ މަޖިލީސް ހަރުދަނާކުރުމާއި، ސައިންޓިފިކް ޙައްލުތައް މެދުވެރިކޮށް ޒަމާނީ ފިޤުހުގެ މައްސަލަތައް ގުޅިގެން ޙައްލުކުރުން ކަމަށެވެ.

https://twitter.com/MVIaffairs/status/1746520958473822516

މި އެއްބަސްވުމުގައި މިނިސްޓްރީ ތަމްސީލުކުރެއްވީ މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ކުތުބު މުސްތަފާ ސާނޫއެވެ.

އޯއައިސީގެ އިންޓަނޭޝަނަލް އެކަޑަމީ އޮފް އިސްލާމިކް ފިޤުހު އަކީ ޖިއްދާގައި ހުންނަ ދުނިޔޭގެ އެންމެ އިސް އިސްލާމީ ސައިންޓިފިކް ކައުންސިލެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!