ޚަބަރު
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ފުރުސަތު ހުޅުވައިލައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ކުރި އިޢުލާނެއްގައި ވަނީ ޝައުގުވެރިވާ ފަރާތްތައް ހުށަހަޅާ ޕްރޮޕޯސަލް ގައި އަންނަނިވި ކަންކަން ފުރިހަމަވުމަށް ޝަރުތު ކޮށްފައެވެ.

– އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް ފޯރުކޮށްދިނުން

– ކައުންސެލިންގ ޚިދުމަތް ދިނުން

– ސައިކޭޓްރިކް އިވަލުއޭޝަން ހެދުން

– ސައިކޯ ސޯޝަލް ތެރަޕީ ޚިދުމަތް ދިނުން

– ޑްރަގް ޓެސްޓްކުރުން

– ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

އެންޑީއޭ އިން ބުނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހު 21 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައި އޮންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހުގެ 10:00 ގައިކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ގާއިމުކޮށް ޚިދުމަތް ދިނުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވެއެވެ.

އެންޑީއޭއިން ހިންގާ ފަރުވާދޭ ސެންޓަރުތަކުގެ ތެރޭގައި ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއާއި ހދ.ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ގދ.ތިނަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ފުވައްމުލަކު ސިޓީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރާއި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!