ޚަބަރު
އައު ކާގޯ ޓަރމިނަލުން ކާގޯ ހޭންޑްލިންގގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭނެ
މިއަދު ހުޅުވުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލުން، ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ .މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވާފައިވާއިރު، ވީއައިއޭގައި 25 މިލިއަން ފަސިންޖަރުންނާއި ޒަމާނީ ވަސީލަތްތައް ގާއިމުކުރާ މެގަ ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން އިފްތިތާޙުކޮށްދެއްވައިފައެވެ.
މަޝްރޫޢާއި ގުޅޭގޮތުން ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައު ކާގޯ ޓަރމިނަލުން، ކާގޯ ހޭންޑްލިންގގެ މަސައްކަތް ތިންގުނަ އިތުރަށް ކުރެވޭނެ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ މި އައު ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.
އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!