ޚަބަރު
ތަރައްޤީގެ މަޝްރޫޢު ހިންގަނީ މޫސުމީ ބަދަލަށް ޚާއްސަ ފިޔަވަޅު އަޅައިގެން: ރައީސް މުޢިއްޒު

މޫސުމީ ބަދަލަކީ ޙަޤީޤަތެއް ކަމަށާއި، ދިވެހިރާއްޖޭގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަނީ އެ ކަމަށް ވިސްނައި، ޚާއްޞަ ފިޔަވަޅުތައް އަޅުއްވައިގެން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ސީޖީޓީއެން ޗެނަލަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، މޫސުމީ ބަދަލު ތަކާއިމެދު ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ޙަޤީޤީ ކަމެއް ކަމަށެވެ. އަދި އެކަމާ ދިވެހިންވެސް އަދި އެމަނިކުފާނު ވެސް އިންކާރު ނުކުރައްވާ ކަަމަށެވެ.

”މޫސުމީ ބަދަލަކީ ހަގީގަތެއް. އަޅުގަނޑުމެން އެ ކަމަށް އިންކާރު ނުކުރުން. އެކަމު އެންމެ މުހިންމީ، ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ކަމަށް (މޫސުމީ ބަދަލަށް) ޚާއްސަ ސަމާލުކަމެއްދީގެން، ރަނގަޅު ފިޔަވަޅުތައް އެޅުން. އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ އަމާޒަކީ“ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ރާއްޖެއިން ކުރިއަށް ގެންދާ މަޝްރޫއު ތަކާއި، ތަރައްޤީގެ މަޝްރޫޢުގެ ތެރެއިންވެސް އެކަމަށް ދެއްވާ ސަމާލުކަމުގެ މިސާލު ޖައްސަވަމުން ރައީސް މުޢިއްޒު ވަނީ ދާދިފަހުން ދުބާއިގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އެ މަނިކުފާނު އިއުލާނުކުރެއްވި، ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ނަންގަވާފައެވެ.

އަދި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ފުށިދިއްގަރު ފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއަށް އަލި އަޅުވާ ލައްވައި، އެ ރަށަކީ ރައްކާތެރި ރަށުގެ ކޮންސެޕްޓަށް، މޫސުމީ ބަދަލުތަކަށް ވިސްނައިގެން ހިންގާ މަޝްރޫއުއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންގެ ބިން ހިއްކުމުގެ އައު މަޝްރޫޢު، (ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު) ގައި 1100 ހެކްޓަރ ހިއްކައިގެން އެތަން މި ތަރައްގީ ކުރަނީ ސޭފް އައިލެންޑްގެ ގޮތުގައި. އެ ސިޓީ ހުންނަނީ މޫދުގެ ލޮނުގަނޑަށް ވުރެ 3 މީޓަރ އުހުގައި. ވަރަށް ހިނަ ގަސްތައް ހުންނާނެ. ވަރަށް ފެހި ވާނެ އެ ސިޓީ“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަދި ކުރިއަށްހުރި ދުވަސްތަކުގައި ތެޔޮ އަންދައިގެން ހަކަތަ އުފައްދާ މިންވަރު 33 ޕަސެންޓު މަދުކޮށް، އިއާދަކުރަނިވި ހަކަތައިން އުފެއްދުން ވެސް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!