ޚަބަރު
ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީ، ޖެންޑާއިން މައްސަލަ ބަލަންފަށައިފި
ކުޑަކުއްޖަކަށް އަންހެނަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއިއެކު އެ މައްސަލަ ޖެންޑަރ މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.
ފޭސްބުކް ޕޭޖް ”މިނިސްޓްރީ އޮފް ޖުހާ“ގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ އަންހެނަކު ކުޑަކުއްޖަކަށް ކާންދޭން އިނދެ އަނިޔާކުރަމުންދާ މަންޒަރެވެ. އަދި ކުއްޖާއާއި ދިމާލަށް ހަޅޭއްލަވާ އަޑުގަދަ ކުރާ މަންޒަރު ފެނެއެވެ. ވީޑިއޯއާއިއެކު އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ބެލެވޭގޮތުގައި އަނިޔާ ކުރަނީ ކުއްޖާގެ މަންމައެވެ.
އާންމުވެފައިވާ ވީޑިއޯއާއިއެކު ހިއްސާ ކޮށްފައިވާ މަޢުލޫމާތަކީ ކުއްޖާގެ ބައްޕަގެ ފަރާތުން ހިއްސާކޮށްފައިވާ މަޢުލޫމާތުކަމަށް ދޭހަވެއެވެ.
އޭގައި ބުނެފައިވަނީ ދަރިންގެ މަންމައަކީ އަބަދުވެސް ދަރިންނަށް އެކިކަހަލަ ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާދޭ މީހެއްކަމަށާއި، އަދި ވީޑިއޯ ކޮށްފައިވަނީ ދަރިންނަށް އަނިޔާ ކުރާތީ އެކަމުގެ ހެއްކެއްގެ ގޮތުން މުއައްސަސާތަކަށް ހުށަހެޅުމަށް ކަމަށެވެ.
ހިއްސާ ކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން އެ މަންމަ އަކީ ދަރިންނަށް އަނިޔާ ކުރާ މީހެއް ކަމަށާއި، ދެމަފިރިންގެ ކައިވެެނި ރޫޅުމަށްފަހު ބައްޕައަށް ދަރިން ނުދައްކާ ފޮރުވައިގެން ގެންގުޅޭ ކަމަށާއި، ބައްޕައަށް ދަރިންގެ ހާލު ބަލާ ހެދުމުގެ ފުރުސަތުވެސް ދީފައިނުވާކަމަށް ވަނީ ބުނެފައެވެ. އަދި މިކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ހދ. ކުޅުދުއްފުށި ސިޓީގެ ޖެންޑަރ މިނިސްޓްރީއާއި މީގެ ކުރިން ހިއްސާކޮށްފައިވާ ކަމާއި، މިއަދާއި ހަމަޔަށްވެސް އެއްބާރުލުން ދީފައިނުވާކަމަށް ބުނެފައިވެއެވެ.
ދައުރުވަމުންދާ އެ ވީޑިއޯގައި ކުޑަކުއްޖާގެ ހަށިގަނޑުން ފެންނަންހުރި އަނިޔާގެ ނިޝާނަކީ އެކުއްޖާ އެންމެފަހުން ބައްޕަ އަށް ފެނުނުއިރު ހުރި ޙާލަތުކަމާއި، ކުދިން ގެންގޮސްފައިވަނީ ފިރިހެންމީހާ ރަށުންބޭރު ވަޒީފާއެއްގައި ހުއްޓައި އޭނާއަށް އެންގުމަކާނުލާ ކަމަށާއި، އަދި ކުދިން ސްކޫލުން ވަކިކޮށްގެން ރަށުން ފިލައިގެން އަންހެންމީހާގެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. ވީޑިއޯގައި ކުއްޖާގެ ގައިން ފެނުން ނިޝާންތަކަކީ ކުއްޖާގެ މަންމަ ކުދިން ގެންދިޔަތާ 3 މަސް ފަހުން ކުދިންގެ މަންމަ ކައިރިން ވަރިވުމަށް ފިރިހެން މީހާ އެރަށަށް ދިޔައިރު ހުރި ޙާލަތު ކަމަށް ބަޔާންކޮށްފައިވެއެވެ.
އަނިޔާތަކާއި ގުޅިގެން ތަކުރާރުކޮށް ދަރިފުޅާއި ސުވާލުކުރުމުންވެސް އެއީ މަންމަ ދީފައިވާ އަނިޔާތަކެއް ކަމަށާއި މަންމަދެކެ ބިރު ގަންނަކަމަށް ކުއްޖާ ބުނެފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ. ދަރިންގެ މަންމަ ދަރިން ގޮވައިގެން ދިޔަތާ މިހާރު 8 މަސްދުވަސް ވެފައިވާ ކަމަށާއި، މި މުއްދަތުގައި ދަރިން ސްކޫލަށްވެސް ގެންގޮސްފައި ނުވާކަމަށް، އަދި ދަރިންނަށް އިހުމާލު ވެފައިވާ ކަން އެނގޭއިރުވެސް މިއަދާ ހަމަޔަށްވެސް ޖެންޑަރ މިނިސްޓްރީ އިން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފައިނުވާކަމަށް ތަފްސީލްގައިވެއެވެ.
އެ ޕޯސްޓްގައި ވާގޮތުން ދަރިންގެ މަންމަގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ ދަރިންނާއި ބައްދަލުކުރުވުމާއި، އެއް ދަރިފުޅު ބެލުމުގެ ޒިންމާވެސް ބައްޕައާއި ހަވާލު ކުރުމަށް ނަމަވެސް ކޯޓުން ކޮށްފައިވާ ޙުކުމަށްވެސް ތަބާވެފައި ނުވާކަމަށާއި، ބައްޕައަށް ދަރިން އެންމެ ފަހުން ފެނިފައިވަނީ 5 މަސް ކުރިން ކަމާއި، އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް ދަރިން ލޮލަށް ނުދެކޭކަމަށް ވަނީ ބުނެފައެވެ.
ދަރިން ދެކިލުމަށް ފޯނު ކުރުމުން ވީޑިއޯ ކޯލް ނުކުރެވޭނެ ކަމަށްބުނެފައިވާ ކަމާއި، ގުޅުމުންވެސް ދަރިންނަށް އަޑު އިވޭގޮތަށް ޒުވާބުކޮށް އަޑުގަދަކޮށްފައިވާ ކަމަށާޢި، ދަރިންްގެ ހާލުބަލަން ގުޅާތީ ނަމްބަރުވެސް ވަނީ ބަދަލުކޮށްފައި ކަމަށް އަދި އޭގެ ސަބަބުން ބައްޕަ އަށް ނަފްސާނީ އަސަރުކޮށްފައިވާކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މިހުރިހާ މައްސަލަތަކުގެ ތަފްސީލާއިއެކު ޖެންޑަރ މިނިސްޓްރީއަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށާއި މިކަމުގެ އިތުރު ތަފްސީލެއް މިނިސްޓްރީއިން ހިއްސާކޮށްފައި ނުވާކަމަށާޢި، ސިޓީގެ ޖަވާބުވެސް މިހާތަނަށް ލިބިފައި ނުވާކަން ހާމަކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ނިމިދިޔަ ސަރުކާރުގައި ޖެންޑަރ އިން ބުނެފައިވަނީ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ޖެންޑަރއަށް ހުށަހެޅި އެއްވެސް މައްސަލައެއް ބަލާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ދަޢުލަތުގެ އެކި މުއައްސަސާތަކަށް މީގެ ކުރިން ހުށަހަޅާފައިވީނަމަވެސް އިންސާފް ލިބިފައިނުވުމުގެ ކަންބޮޑުވުން ދަރިންގެ ބައްޕަ ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ”ހުވަދޫ މީޑިއާ“އިން ސުވާލުކުރުމުން ޖެންޑަރ މިނިސްޓްރީއިން ބުނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިހާރު މި މައްސަލަ ބަލަމުންދާކަމަށެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތްކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!