ޚަބަރު
އިންފުލުއެންޒާ ހަލުވިކަމާއި އެކު ފެތުރެނީ، މިއަހަރުގެ މިހާތަނަށް 19 މީހަކު ފައްސިވެއްޖެ

ހަލުވިކަމާއެކު ފެތުރޭ އިންފުލުއެންޒާ އަށް މިހާތަނަށް 19 މީހަކު ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ( އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ފައްސިވެފައެެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗް3އެން2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި އެޗް1އެން1 އަށް ފައްސިވެފައިވާ 8 މީހުންނެވެ. އަދި މިހާތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ ފައްސިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އިންފްލުއެންޒާ އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުމެވެ.

އިންފުލުއެންޒާ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން، މިދުވަސްވަރު ޢާއްމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ބަލި މީހުންނާއި ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!