ޚަބަރު
މި އަހަރުގެ މިހާތަނަށް 19 މީހަކަށް އިންފުލުއެންޒާ ޖެހިފައިވޭ: އެޗްޕީއޭ

މިއަހަރު މިހާތަނަށް 19 މީހުން އިންފުލުއެންޒާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި އަދި ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށެވެ.

އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި އެޗް1އެން1 އާއި އެޗް3އެން2 އަދި އިންފްލުއެންޒާ ބީ ހިމެނެއެވެ.

“އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން. ޚާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ،” އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ބާރުމިނުގައި ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ޖެހިގެން ދާދިފަހުން ޒުވާނަކު ނިޔާވެފައިވާ ކަމަށް ޑރ. މުހައްމަދް އަލީ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން މިހާރު ތިން ޒުވާނުން އިންފްލުއެންޒާ ނިއުމޯނިއާގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށްވެސް ޑރ. މުހައްމަދް އަލީ ވިދާޅުވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތަށް ދިމާވެފައިވަނީ ސަރަހައްދީ ގައުމު ތަކުގައިވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރުވެފައިވާތީ ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވުމާއި ގުޅިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ހުން އައިސް ރޯގާޖެހި 3 ދުވަހަށް ވުރެ އިތުރު ވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!