ޚަބަރު
ދާއިމީ މުވައްޒަފެއް ވަކިނުކުރޭ، ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކޮންޓްރެކްޓް އާނުކުރަން ނިންމީ: މުއާޒް

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހއ ދިއްދޫގައި އިމާރާތްކުރަމުންދިޔަ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައިވުމާއި އެކު، ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އިތުރަށް އާނުކުރަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ހއ ދިއްދޫގައި އިމާރާތްކުރަމުންދާ އިންޖީނުގެ އަކީ 1477 އަކަމީޓަރުގެ އިންޖީނުގެއެކެވެ. އަދި މިއީ ކުންފުނީގެ ފަރާތުން އިމާރާތް ކުރަމުންދާ އިންހައުސް ޕްރޮޖެކްޓް އެވެ.

މިފަދަ މަސައްކަތްތަކަށް މުވައްޒަފުން ނެގުމާއި ބެލެހެއްޓުމަކީ ފެނަކައިން ކުރަމުންދާ މަސައްކަތެކެވެ.

މިސައިޒުގެ އިންޖީނުގެއެއް ކޮންޓްރެކްޓް އުސޫލުން ކުރާނަމަ މާކެޓްގެ އަގުންނަމަ 23 މިލިއަން ރުފިޔާ އަށް ނިމޭނެކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރުވެސް މުވައްޒަފުންގެ މުސާރައާއި އެކު 49 މިލިއަން ދިވެހި ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޖުމްލަ ބިލްޓްއަޕް އޭރިއާ: 1477.55 އަކަމީޓަރު
މާރުކޭޓު އަގު: 23،061،304.89 ރުފިޔާ
މުވައްޒަފުންގެ ޖުމްލަ ޚަރަދު: 23,269,119.42 ރުފިޔާ
ޕެޓީ ކޭޝް: 428،473.24 ރުފިޔާ
މެޓީރިއަލް އަގު: 19,023,877.96 ރުފިޔާ
ޖުމްލަ ޚަރަދު: 49,354,422.80 ރުފިޔާ

ކޮންޓްރެކްޓް ސްޓާފުންގެ އަދަދު :70

މި ސަބަބުތައް މިހެން ހުރުމާއެކު އަދި ސައިޓުގެ މަސައްކަތް ހުއްޓިފައިވާތީ އިތުރަށް ކޮންޓްރެކްޓް އާނުކުރަން ނިންމާފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!