ޚަބަރު
ފަތުރުވެރިކަމަށް އިތުރު 10 އިން ސައްތައިގެ ކުރިއެރުމެއް!
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 76،979 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 69.535 ފަތުރުވެރިންނަށްވުރެ 7،444 ފަތުރުވެރިން — 10.7 ޕަސަންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 10،203 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީން 9،019 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިންޑިއާއިން 6،269 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 6،072 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޖަރުމަނުން 4،737 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޗައިނާއިން 4،288 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

އެމެރިކާއިން މިހާތަނަށް 2،884 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ފްރާންސުން 2،368 ފަތުރުވެރިން، ކަޒަކިސްތާނުން 1،921 ފަތުރުވެރިން އަދި ރޯމޭނިއާއިން 1،573 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،147 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 176 ރިސޯޓާއި 810 ގެސްޓްހައުސް އާއި 146 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!