ޚަބަރު
ބޮއިކޮޓް ހަރަކާތުގެ ސަބަބުން އިންޑިއާ ފަތުރުވެރިން އަންނަ އަދަދު މަދެއްނުވޭ: މަޓާޓޯ

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާގައި މި ވަގުތު ކުރިއަށްގެންދާ “ބޮއިކޮޓް މޯލްޑިވްސް” ހަރަކާތުގެ ސަބަބުން، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.

އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ބުކިން ކެންސަލްކުރި މިންވަރު ބެލުމަށްޓަކައި ކުރި ސާވޭގެ ނަތީޖާ ހިއްސާކުރަމުން މަޓާޓޯ އިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިންޑިއާއިން ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު އިތުރުވި ކަމަށާއި 2022 ވަނަ އަހަރާއި 203 ވަނަ އަހަރު ނިމުނު އިރު އިންޑިއާއަކީ ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ.

މަޓާޓޯ ގެ ސާވޭ އިން ދައްކާގޮތުން ރާއްޖެއަށް އިންޑިއާއިން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 292،000 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އަދި 2022 ވަނަ އަހަރު އިންޑިއާއިން 241،000 ފަތުރުވެރިން އަދި 2023 ވަނަ އަހަރު 209،100 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މީގެ އިތުރުން މަޓާޓޯ އިން ބުނީ ބުކިން ތައް ކެންސަލް ކޮށްފައިވީ ނަމަވެސް މިއީ އިންޑިއާ ފަތުރުވެރިންގެ ޕީކް ސީޒަން ނޫންކަމަށާއި ފާއިތުވި އަހަރުތަކުގައި ވެސް މިދުވަސްވަރު އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާކަމަށެވެ.

އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ކެންޕޭނެއް ފެށުނީ ދާދި ފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ވަޑައިގެން އެ ތަނުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރި ވީޑިއޯއެއް ހިއްސާ ކުރުމާއެކުގައެވެ. އަދި އެ ކެމްޕޭނު އިތުރަށް ޖައްސާފައިވަނީ އިންޑިއާގެ ބީޖޭޕީ އެކްޓިވިސްޓަކު ރާއްޖެއަކީ ޗައިނާގެ ޕަޕެޓުންކަމަށް ބުނެ ފުރައްސާރަ ކުރި ޓްވީޓަކަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަަކު ފާޑު ކިޔުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް މި ކެމްޕޭނާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާއިރު، ފާއިތުވި 9 ދުވަސް ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބައި ލައްކައަށް އަރާފައި ކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޝާހިދާޔާ

    ތިހުރިހާ ތަފާސް ހިސާބެއް ޖަހާއިރު ހަނދާން ބަހައްޓަން ޖެހޭ ކޯވިޑުތެރޭ މިޑިލް އީސްޓްގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން މިޑިލްއީސްޓަށް ދިއުމުގެ ކުރީން ކަރަންޓީން ކުރާ ހަބަކަށް ރާއްޖެ ބޭނުން ކުރިކަން. މިސަބަބާ ހުރެ ވެސް ތަފާސް ހިސާބުގެ ނަތީޖާ ދައްކާނީ ތަފާތުކޮށްކަމަށް ލަފާ ކުރެވޭ.