ޚަބަރު
މާލެސިޓީ މޭޔަރާއި ކައުންސިލަރުން ހުވާކުރުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެސިޓީގެ ބައި- އިލެކްޝަން އިންތިޚާބުން މާލެސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެޑައިގެން އާދަމް އާޒިމާއި ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަޤާމުތަކަށް ހޮވިވަޑައިގެން ކައުންސިލަރުން ހުވާކުރުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު، އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މިކަމާގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށާޢި، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ރަސްމީ ލިޔުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ލިބުނުހާ އަވަހަކަށް ޖަލްސާގެ ރަސްމީ މަސައްކަތް ފެށޭނެ ކަމަށާއި، މި ޖަލްސާގެ ހުރިހާ ކަމެއްވެސް ކުރާނީ ލޯކަލް ގަވަމަންޓް އޮތީރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތިން މާލެސިޓީ ކައުންސިލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ދަރުބާރަކީ ވަރަށް ޚާއްސަ ބޮޑު ދަރުބާރެއްގެ ގޮތުގައި ގެންދަން ނިންމާފައިވާ ކަމަށާއި، އަލަށް އިންތިޚާބުވި މޭޔަރާއި އެކުގައި އެކަށީގެންވާ މަސައްކަތްތަކެއް ދިވެހި ސަރުކާރަށް ކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އުންމީދުކުރާ ގޮތުގައި މި ހޮވުނު މޭޔަރާ އެކުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރެވޭނެ“ މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި މިހާރުގެ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ ސަރުކާރުގެ ބައެއް މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މާލެސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއިންނެވެ. އެހެންކަމުން އަދިވެސް މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ އަތުގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!