ޚަބަރު
ކާނިހޮޓެލްސް ރެކޯޑެއް ގާއިމުކޮށްފި: ކޮންމެމުވައްޒަފެއްގެ ސާވިސްޗާޖަށް 441ޑޮލަރު!

މިހާތަނަށް ރާއްޖޭގެ އެއްވެސް ގެސްޓްހައުސްއަކުން މުވައްޒަފަކަށް މީގެ ކުރިން ނުދޭވަރުގެ ބޮޑު ސާވިސްޗާޖެއް ދީގެން، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސް ރެކޯޑެއް ގާއިމުކޮށްފިއެވެ. ކާނި ހޮޓެލްސް އެންޑް ޓުއާސް  ގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 441 ޑޮލަރެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު ސާވިސް ޗާޖެއް ދީފައެއް ނުވެއެވެ. އެހެންވެ މިއީ ގެސްޓްހައުސް އިންޑަސްޓްރީގައި ރިކޯޑެކެވެ.

ކ. މާފުށީގައި ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސެއް ހިންގަމުން އަންނަ އިރު، އެ ގެސްޓްހައުސްތަކުގައި 194 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން އެއިން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ނުވަތަ 6،800ރ. ލިބިފައިވެއެވެ.

މިއާއެކު، ކާނިގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށް އެ ކުންފުނިން ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއީ ބައެއް ރިސޯޓުތަކުން ވެސް ދެމުން އަންނަ ސާވިސް ޗާޖަށް ވުރެ ބޮޑު އަދަދެކެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 100 ނޫނީ 200 ޑޮލަރަށް ވުރެ މަތިން ވެސް ދޭ ފަހަރު އާދެއެވެ.

ނި ހޮޓެލްސް އިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު (6،476ރ.) ދީފައިވެއެވެ. އެ ފަހަރު ވެސް ހުރިހާ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނެވެ.

ކާނި ހޮޓެލްސްގެ ފަރާތުން މާފުށީގައި މިހާރު ވެސް ފަސް ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. އަދި މާލޭގައި 26 އެނދުގެ ގެސްޓް ހައުސްއެއް ވެސް ހިންގައެވެ.

ކާނި ހޮޓެލްސް އިން އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ 2008 ވަނަ އަހަރު މާފުށީގައެވެ. އޭގެ ފަހުން، “ކާނި ވިލެޖް”، “ކާނި ވިލެޖް އެންޑް ސްޕާ”، “ކާނި ގްރޭންޑް ސީވިއު” އަދި “ކާނި ޕާމް ބީޗު” ނަމުގައި މާފުށީގައި ގެސްޓްހައުސްތަކެއް ވަނީ ހުޅުވައިފައެވެ. މިއާއެކު، މާފުށީގައި އެކަނި ވެސް ކާނި ހޮޓެލްސްގެ 494 އެނދު އެބަހުއްޓެވެ.

ކާނި ހޮޓެލްސްގެ ގެސްޓްހައުސްއަކާއި ހޮޓަލެއް މިހާރު ވެސް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ގެސްޓްހައުސްއަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!