ޚަބަރު
ޝަކުވާހުށަހެޅުމުގެ ފުރުޞަތާއެކު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ވޯޓާސް ލިސްޓު އާންމުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

މި ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި ޢާންމު ކޮށްފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ. ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ޕީއެންސީ އޮފީހަށް ނުވަތަ registrar@pmnc.mv އަށް ފޮނުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެދިފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ވަނީ އެއް ހަފްތާގެ މުއްދަތެއް އިތުރުކުރުމަށްފަހު މިމަހުގެ 27 ވާ ހޮނިހިރު ދުވަހު މި ޕްރައިމަރީ ބާއްވާގޮތަށް ނިންމާފައެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލިއިރު 10 ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެއެވެ.20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 354 ފޯމުވަނީ ހުށަހަޅާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!