ޚަބަރު
ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއް ކަމުގައި ކަނޑައަޅައިފި

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެޕްޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ އާއި، މި ފަހުން ހެދި ސާރވޭއާ ގުޅިގެން ކަމަށެވެ. އެ ސާވޭގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކުރިއިރު އެއްވެސް ކުއްޖަކު ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީއަށް ސްކްރީން ކުރުމާއި ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒޮޓިވެފައިވާ އަންހެނުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީއަކީ ވައިރަހެއްގެ ސަބަބުން ފުރަމޭގައި އުފެދޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ފުރަމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!