ޚަބަރު
ސިހުރުވެރިންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފި

ރުގްޔާ ކުރާ ނަމުގައި ސިހުރުހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފި އެވެ.

ފިގްހު އެކަޑަމީން، ނެރުނު އިއުލާނެއްގައި ބުނީ މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމަކަށް ވާތީ އެފަދަ މީހުންގެ ގާތަށް ނުދިއުމަށް ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ.

“އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ” ފިގްހު އެކަޑަމީއިން ކުރި އިއުލާނުގައި ބުނެ އެވެ.

އިސްލާމް ދީނުގައި ހުއްދަ ކަމެއްކަމަށް ދެކި ކުރިން ރާއްޖޭގައި އެކި ބަލިތައް ފަސޭހަކުރުމަށާއި، ކަންކަމަށް އެދި ފަންޑިތަ ހަދައި އުޅުނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެކަން މަނާކުރި އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!