ޚަބަރު
ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލެ ފޭސް ދޭއްގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ވަނަ ވަގުތީ މިސްކިތެވެ. ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަގުތީ ދެ މިސްކިތް ތަރައްގީކޮށްފައި ވެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ބިނާ ކުރަމުންދާ މިސްކިތެއް ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.

މި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެކުންފުނިން މިދަނީ ހަލުވިކަމާއިއެކު ކުރަމުންދާ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް  ނިންމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ. މިއީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ 150 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!