ޚަބަރު
ހެންވޭރު ރެސްޓޯރެންޓެއްގައި ގޭސްފުޅިއެއް ގޮވައި 3 މީހަކަށް އަނިޔާވެއްޖެ

ހެންވޭރު ކިނބިގަސް މަގު އެންޖީބީ ފާސްޓް ފުޑް އައުޓްލެޓް ގައި ގޭސް ފުޅިއެހް ގޮވައިފިއެވެ.

ގޭސް ފުޅީ ގޮވުމުގެ ސަބަބުން މަގުމަތީ ތީބީ 2 ދިވެހި އަންހެންނުނަށް އަނިޔާ ވެގެން ދަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، ކިނބިގަސްމަގުގައި ހުންނަ އެންޖީބީ ކެފޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރި ވަމުންދާ ކަމުގައެވެ.

ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގޭގައި ފަޔަމަނުން ހަރަކާތްތެރި ވަނީ — ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓްވަނީ ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.

ގޭސްލީކުވެ ގޮވުމެއް ގޮވި ރެސްޓޯރެންޓްގެ ބަދިގެތެރެ– ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި ސްރިލަންކާއަށް ނިސްބަތްވާ އެ ރެސްޓޯރެންޓުގެ ޝެފަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ވަނީ މައުލޫމާތު ލިބިފައެވެ. ގޭސްފުޅި ގޮވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!